Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ހުޅުދޫ ކައުންސިލަރަކަށް ޝުކުރީ

އައްޑޫ ސިޓީ ކައުންސިލްގެ ހުޅުދޫ ދާއިރާގެ ކައުންސިލަރ ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހިމް ޝުކުރީ ހޮވިވަޑައިގެންފިއެވެ.

މިއަދު ބޭއްވި އިންތިޚާބުގައި ޝުކުރީ ވަނީ 830 ވޯޓު ހޯއްދަވާފައެވެ. އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި އަލީ މުހައްމަދު އަށް ލިބިވަޑައިގެންފައި ވަނީ 629 ވޯޓެވެ.

ހުޅުދޫ ދާއިރާއިން މިފަހަރު އިންތިހާބުގައި ވޯޓު ލާފައި ވަނީ 1584 މީހުންނެވެ. އެ ދާއިރާއިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 2659 އެވެ.