Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

"ސަމާސާއަކަށް" ހޫރާލި ވަޅިއަކުން މީހަކު ޒަހަމްވެއްޖެ

ހިތަދޫ ޕޮލިސް ސްޓޭޝަން. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

ހިތަދޫގައި ދެ މީހަކު ސަމާސާ ކުރަމުން ގޮސް ހޫރާލި ވަޅިން ޖެހި އެކަކު ޒަޚަމްވެއްޖެ އެވެ.

މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް ބުނި ގޮތުގައި ދެމީހަކު "ސަމާސާއަކަށް ވަޅި ހޫރަމުން ދަނިކޮށް" އެކަކު ޒަޚަމްވީ ކަމަށެވެ.

"ސަމާސާއަކަށް ހަދައިގެން ވަޅި ހޫރަމުން ދަނިކޮށް އެކެއްގެ އަތުގައި ޖެހި ކަފައިގެން ދިޔައީ. މާރާމާރީއެއް ނޫން އެއީ،" މަންޒަރު ދުށް މީހަކު ބުންޏެވެ.

މި ހާދިސާ ހިނގާފައި ވަނީ، ހިތަދޫ ބޮޑުމަގުގައި ހުންނަ މަލްޓީ ފިހާރަ ހިސާބުގަ އެވެ.

މިކަމާ ގުޅޭގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެ އެވެ.