މިއަދު ބޭއްވި ކައުންސިލް އިންތިހާބުގައި އެމްޑީޕީން އައްޑޫ ސިޓީ ކައުންސިލްގެ ހަތް ގޮނޑި ވެސް ކާމިޔާބުކޮށް، ސަރުކާރަށް އައްޑޫގެ ރައްޔިތުންގެ ތާއީދެއް ނެތްކަން ދައްކުވައި ދީފި އެވެ.
އައްޑޫގެ ކައުންސިލްގެ ހަތް ގޮނޑި ވެސް އެ ޕާޓީން ކާމިޔާބު ކުރީ ވަރަށް ތަނަވަސް އަޤްލަބިއްޔަތަކާ އެކުގަ އެވެ.
އެގޮތުން ހުޅުދޫ ދާއިރާގެ ހުޅުދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ އިބްރާހިމް ޝުކުރީ ކާމިޔާބު ކުރީ 788 ވޯޓް ހޯއްދަވައިގެންނެވެ.

އޭނާއާ ވާދަ ކުރި ޕީޕީއެމްގެ އަލީ މުހައްމަދު އަށް ލިބުނީ 624 ވޯޓެވެ.
ތަފްސީލް އަންނަނީ…