ގަދަ ބާރުން އެއްވެސް މީހަކަށް ރައްޔިތުންގެ ތާއީދު ނުހޯދޭނެކަން މިއަދު ދިވެހި ރައްޔިތުން ވަނީ ސާބިތުކޮށްދީފައިވާ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިއަދު ނެގުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއަށް އަލިއަޅުވާލައި ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވަނީ ނުސީދާގޮތުން ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
Gadhabaarun rayyithunge thaaeedheh nuhoadheyne kan Dhivehi rayyiththun miadhu saabithu kohdheefi. Shukuriyyaa Dhivehi rayyithun! 😊
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) May 6, 2017
ޔުމްނާ އިތުރަށް ވިދާޅުވެފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ އިސްލާހީ މަސައްކަތަށް ދިވެހި ރައްޔިތުން ތާއީދު މިއަދު ދިވެހި ރައްޔިތުން ދައްކަވައިފި ކަމަށެވެ. ޔުމްނާ ވަނީ ސަރުކާރާއި ދެކޮޅަށް ރައްޔިތުން ދެއްވި ވޯޓަށް ޝުކުރު އަދާކުރައްވާފައެވެ.
ވޯޓުގެ ކުރިން ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ލުމަށް ގޮވާލާފައެވެ.
މިއަދު ނެގި ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ ގެ ކައުންސިލްގެ 7 ގޮނޑިއަށް ވާދަކުރެއްވި އެމްޑީޕީގެ 7 ކެންޑިޑޭޓުންވެސް ވަނީ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.