Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ބަނގުރާ ކައްކަން ތިބި ބަޔަކު ހިތަދޫން ހައްޔަރުކޮށްފި

ބަނގުރާ ކައްކަން ތިބި ބަޔަކު، ބަނގުރާ ކަމަށް ބެލެވޭ ފުޅިތަކަކާ އެކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުުހުން އައްޑޫގައި މިހާރު ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ ދެ ފުޅި އާއި ބަނގުރާ ކައްކަން ބޭނުންވާ ކުރާ އެއްޗެއް އަޅާފައި ހުރި ދެ ހަމާ އެކު ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ހިތަދޫ ކަނދިލިގޭ ތެރެއިން އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

އެހެން ނަމަވެސް ހައްޔަރު ކުރި ދެ މީހުންނާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ. އަދި މި މައްްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.