އައްޑޫގެ އިތުރު ދެ ސްކޫލެއްގައި އޭ ލެވެލް އަށް ކިޔަވައި ދޭން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި އަހަރު އަލަށް އޭ ލެވެލް ތައާރަފް ކުރަން ނިންމާފައިވާ އައްޑޫގެ ދެ ސްކޫލްކީ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދުރަސާ އާއި މަރަދޫ އިރުޝާދިއްޔާ ސްކޫލް ކަމަށެވެ. އަދި އެ ދެ ސްކޫލްގައި މި އަހަރު މެެއި ނުވަތަ ޖޫންގައި އޭ ލެވެލް އަށް ކިޔަވައި ދޭން ފެށުމަށް ވާން ޖެހޭ ފަހުގެ ތައްޔީރީތައް ވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އައްޑޫގައި މި ވަގުތު އޭ ލެވެލް އަށް ކިޔަވައި ދެނީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލުން އެކަންޏެވެ. އަދި އެ ސްކޫލުން އަންނަނީ ރަނގަޅު ކާމިޔާބީތަކެެެއް ވެސް ހޯދަމުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ސްކޫލްތަކުގެ ތެރެއިން 18 ސްކޫލެއްގައި މި އަހަރު އޭ ލެވެލް ތައާރަފް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.