Last Updated: July 27, 13:32
Monday, July 27, 2026
ޚަބަރު

ޕީޕީއެމްގެ ހުސެން، ޖަމްޝީދާ އަށް މަރުހަބާ ކިޔައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލްގެ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޖަމްޝީދާ މުހައްމަދު އަށް އެ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރި ހުސައިން ރަޝީދު މަރުހަބާ ކިޔައިފިއެވެ.

"އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ޖަމްޝީދާ މުހައްމަދު އަށް މަރުހަބާ ދަންނަވަން."

ފޭސްބުކްގައި ހުސައިން ރަޝީދު އާންމު ކުރި މެސެޖްގައި ވަނީ އޭނާގެ ކެމްޕެއިންގައި ހަރަކާތްތެރިވި ޓީމަށާއި އެކުވެރިންނާއި އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ހުސައިން ރަޝީދު އަކީ ހިތަދޫ މެދު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު(މެޓްރިކްސް މޯޑު) ގެ ކޮއްކޮއެވެ.