ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އައްޑޫގައި އިދިކޮޅު އިއްތިހާދުން ހާއްސަ ވެހިކަލް ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިވެހިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 3:30 ގައި ހިތަދޫ އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދުންނެވެ.
އައްޑޫ ސިޓީ ކައުންސިލްގެ 7 ގޮނޑި ވެސް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު އިއްތިހާދުގެ ފަރާތުން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.