Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ރައްޔިތުން ވޯޓް ނުދިނަސް އާސަންދަ ކަނޑާލާކަށް ނުޖެހޭ: އަމީން

ލޯކަލް ކައުންސިލް އިންތިހާބްގައި ރައްޔިތުން ނުރުހި ވޯޓު ދިނުމުން ރައްޔިތުންނަށް ދޭން ޖެހޭ އާސަންދަ ކަނޑާލާކަށް ނުޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އާސަންދަ ކުންފުނިން ރޭ ދަންވަރު ނެރުނު ސާކިއުލާއެއްގައި ސަރުކާރު ހޮސްޕިޓަލް ފިޔަވައި އާއްމުން ހިންގާ ސިއްހީ ހިދްމަތްދޭ ތަންތަނުން އާސަންދަ ކަނޑާލުމާ ގުޅިގެން އަމީން ވިދާޅުވީ ދެން ރައްޔިތުން ވަރަށް އަވަހަށް ނިކުމެ ރައީސް ޔާމީން ކަނޑާލާނެ ކަމަށެވެ.

މެއި ޑޭގެ މުޒާހަރާއާ ގުޅިގެން އަމީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އަމީން ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތުހާބްގައި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުން ނަގާފައިވާއިރު ގިނަ ގޮޑިތައް ވަނީ އިދިކޮޅު މެމްބަރުން ކާމިޔާބް ކުރައްވާފައެވެ. މިކަމާއި ގިނަ ރައްޔިތުން އުފާކުރަމުްނދަނިކޮށް ކުއްލި ގޮތަކަށް އަޑުއިވިގެންދިޔައީ ސަރުކާރުން ދެމުންދިޔަ އާސަންދައިގެ ހިދްމަތް އަމިއްލަ ސިއްހީ ހިދްމަތްދޭ ތަންތަނުން ކަނޑާލި ހަަބަރެވެ. އެކަމާއި ރައްޔިތުން ތިބީ އިންތިހާއަށް ހިތްހަމަނުޖެހިއެވެ.