Last Updated: July 27, 13:32
Monday, July 27, 2026
ޚަބަރު

"ނަތީޖާއިން ހާމަވީ ޔާމިންގެ ވެރިކަމުގެ ވަގުތު ކުޑަތަން ވެއްޖެކަން"

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުގެ ނަތީޖާއިން ހާމަވެގެން ދިޔައީ ރައީސް ޔާމިނަށް ވެރިކަމުގެ ވަގުތު ކުޑަތަންވަމުންދާ މިންވަރު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

" އިންތިހާބުގެ ނަތީޖާއިން ދެއްކީ ރައީސް ޔާމިން ވެރިކަމުގައި ހުންނެވުމުގެ ވަގުތު ކުޑަތަން ވަމުންދާތަން. އެއިން ފެނިގެންދަނީ ރާއްޖޭގެ ޑިމޮކްރަސީ އިއާދަ ކުރެވޭ މަންޒަރު."


އިއްޔެގެ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުން ވަނީ ރާއްޖޭގެ އާބާދީ އެންމެ ބޮޑު ހިސާބުތަކުންނާއި ސިޓީ ކައުންސިލުތަށް ވެސް ހިމަނައިގެން ކައުންސިލްތަކުގެ މެޖޯރިޓީ ނަގާފަ އެވެ.

މާލޭ ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިތަކާއި އައްޑޫ ސިޓިގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރީ ވެސް އިދިކޮޅު ކެންޑިޑޭޓުންނެވެ.