ލޯކަލް ކައުންސިލް އިންތިހާބު ބާތިލް ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކޯޓަށް ހުށަހަޅަން އުޅޭ ކަމަށް ދެކެވޭ ވާހަތައް އެކޮމިޝަނުން ދޮގުކޮށްފި އެވެ.
'އައްޑޫލައިވް' އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ އިންތިހާބު ބާތިލް ކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރާ ކަމަށް ދެކެވޭ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އަކްރަމް ވިދާޅުވި ގޮތުގައި އިންތިހާބު ބާތިލް ކުރުން ފަދަ ކަމެއް ކުރުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުން ނުގެންދާ ކަމަށާއި އެފަދަ ވާހަކަތައް ފަތުރަނީ ކޮންބަޔަކު ކަން ވެސް ނޭނގޭ ކަމަށެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް އިން ބައެއް ދާއިރާތަކުގެ ނަތީޖާ ނެގިކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާތީ އެކަން ވެސް އަކްރަމް ވަނީ ދޮގު ކުރައްވާފައެވެ.