Last Updated: July 27, 13:32
Monday, July 27, 2026
ޚަބަރު

މަރުވެފައި އޮތް ކުއްޖެއްކަމަށް ހީކޮށް ކުނި ބޯވައެއް ފުލުހުން ނަގައިފި

މުޒާހަރާއެއް ކޮންޓްރޯލް ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ

މަރާލުމަށް ފަހު ކޮތަޅަކަށް ލާފައި އޮތް ކުއްޖެއް މާލެއިން ފެނުނު ކަމަށް ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން ގޮސް ބެލިއިރު ކޮތަޅުގައި އޮތީ ކުއްޖެއް ނޫން ކަމަށާއި ކޮތަޅުން ފެނުނީ ކުނިވެފައި އޮތް ބޯވައެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އާންމު ފަރާތަކުން ކުރި ރިޕޯޓަކާއި ގުޅިގެން ގަލޮޅު ދަނޑު ސަރަހައްދަށް ގޮސް އެކޮތަޅު ގެންގޮސް ބަލާފައިވާ ކަމަށާއި އެ ކޮތަޅުގެ ތެރެއިން ފެނިފައިވަނީ ކުނިވެފައިވާ ބޯވައެއް ކަމަށެވެ.

މަރާލާފައި އޮތް ކުއްޖަކު ފެނިއްޖެ ކަމަށް އަޑު ފެތުރުމާއި ގުޅިގެން ގަލޮޅު ދަނޑު ސަރަހައްދަށް ގިނަ ބަޔަކު ވަނީ ޖަމާވެފައެވެ. ކައިރިއަށް މިރޭ ވަރަށް ގިނަ މީހުން ޖަމާވިއެވެ.