Last Updated: June 30, 07:10
Tuesday, June 30, 2026
ދުނިޔެ

ފިރިމީހާގެ ކުރިމަތީގައި އިންޑިއާގެ އަންހެނަކު ރޭޕްކޮށްފި

އިންޑިއާގެ ޖާންސީގެ ޖަލާއުން އަވަށުގައި އަންހެނަކު އޭނާގެ ފިރިހެނުން ކުރިމަތީގައި ވެހިކަލެއްގެ ތެރޭގައި ގޭންގްރޭޕް ކޮށްފި އެވެ.

ބުރާސްފަތު ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި އެ ދެމަރިފިން ވަނީ ފޭރިގެންފައެވެ. ފުލުހުން ބުނާ ގޮތުގައި އެ ދެމަފިރިން ދިޔައީ ޖެއިޕޫރް އިން އެމީހުންގެ ގެއަށް ދަތުރު ކުރަމުންނެވެ.

އެ މީހުންނަށް ރޭލުގައި އޯރެއިޔާ އާއި ހަމައަށް ދެވުނީ ބުރާސްފަތި ދުވަހުގެ ދަންވަރު އެވެ.

ގެއަށް ދިއުމަށްޓަކައި އެމީހުން ތިބީ ބަހެއްގެ އިންތިޒާރުގައެވެ. އެހެން ތިއްބާ ލޯޑާ ވޭނެއްގެ ޑްރައިވަރަކު އެމީހުން ގެއަށް ގެންގޮސް ދިނުމަށް ހުށައެޅިއެވެ.

އޭގެ މާގިނައިރުތަކެއް ނުވަނީސް އެ ވޭން ގޮސް ހުއްޓުނީ ބަނގުރާ ވިއްކާ ފިހާރައެއްގެ ކުރިމައްޗަށެވެ. އެތަނުން ބައެއް ފިރިހެނުން ވޭނަށް އެރިއެވެ. ދެން ވޭން ދުއްވާފައި ދިޔައީ ވަރަށް އެކަހެރި ސަރަޙައްދަކަށެވެ. އެތަނުގައި އަށް ފިރިހެނުން، ފަހަރަކު މީހަކު އަންހެން މީހާ ރޭޕް ކުރިއެވެ.

މީގެ އިތުރުން އެ ދެމަރިފިންނަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާ ކަމަށާއި، އެލާމެއް ނޭޅުމަށް ބިރުދައްކާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެއަށްފަހު އެ ދެމަރިފިން ފޭރިގަތުމަށްފަހު އެ ފިރިހެނުންތައް އެ ދެމަފިރިން އެއްލާލީ ހައިވޭ މައްޗަށެވެ. ކޮންމެވެސް ގޮތަކަށް އެމީހުން ޖަލާއުންގެ ފުލުހުންނާއި ހަމައަށް ދިޔައެވެ.

އެއީ ހުކުރު ދުވަހުގެ ފަތިހު 03:00 ހާއިރު އެވެ. ޕޮލިސް ސްޓޭޝަންގައި އެފްއައިއާރް އެއް ރަޖިސްޓްރީ ކުރުމަށްފަހު އަންހެން މީހާ މެޑިކަލް އެގްޒާމިނޭޝަކަށް ގެންދެވުނެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުޤީގު ކުރަމުންނެވެ.