Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ގާސިމް މިއަދު ވެސް ކޯޓަށް ހާޒިރު ކުރަނީ

ފުލުހުންގެ ބަންދުގައި ހުންނެވި ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ގާސިމްގެ ޝަރީއަތް ބޭއްވުމަށް ނިންމާފައިވަނީ މިއަދު މެންދުރު 2 ޖަހާއިރުއެވެ.

ގާސިމްގެ މައްޗަށް އުފުލާ ތިން ދައުވާއަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. ހުރިހާ ދައުވާއަކަށް ވެސް ގާސިމް އިބްރާހީމް ވަނީ އިންކާރުކުރައްވާފަ އެވެ.

ގާސިމް ހައްޔަރުކޮށްފައިވަނީ މިދިޔަ އެޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ރެއެވެ.