Last Updated: July 27, 13:32
Monday, July 27, 2026
ޚަބަރު

އާސަންދަ ކަނޑާލާކަށް ނާންގަން: ސަރުކާރު

ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދަ ނުލިބޭގޮތަށް އާސަންދަ ކުންފުނިން ނިންމާފައި ވަނީ ސަރުކާރުން އެއްވެސް ލަފައެއް ދީގެން ނޫންކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކުރިއެކޭ އެއްގޮތަށް އާސަންދަ ލިބޭ ގޮތަށް ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވާފައިވާކަން އިއުލާންކޮށްފައެވެ.

އަމިއްލަ ތަންތަނުން އާސަންދަ ލިބޭ ގޮތަށް ރައީސް ޔާމީން ނިންމަވާފައި މިވަނީ އެ ޚިދުމަތް އާސަންދަ ކުންފުނިން މެދުކަނޑާލިތާ އެއް ދުވަސް ފަހުންނެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައި ވަނީ ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލުމަށް ނިންމި ނިންމުމަކީ އެއްގޮތަކަށްވެސް ސަރުކާރުގެ ހުށަހެޅުމެއް ނޫންކަމަށެވެ. އަދި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް މެދުވެރިވާ އަމިއްލަ ފަރާތްތައް އެކަހެރި ކުރުމަށް ސަރުކާރުން އެއްވެސް ލަފައެއް ދީފައި ނުވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބޭރުގެ މާލީ އިދާރާތަކުގެ ލަފާގެ މަތިން ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އާސަންދައިގެ ކަންކަން ތަރުތީބު ކުރުމަށް ސަރުކާރުގެ ފަރާތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެކަމާއި ގުޅިގެން މެއި 3 ވަނަ ދުވަހު، ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދެމުންދިޔަ އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭންޝަން އަދި ސްކޭންކުރުމުގެ ޚިދްމަތްތައް އާސަންދައިން އުނިކުރުމަށް އެންސްޕާއިން ނިންމާފައިވާ ކަމަށެވެ.

ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން އާސަންދަ ކަނޑާލުމަށް އަންގާފައި ނުވާކަމަށް ސަރުކާރުން ބުނެފައިވާއިރު މިއަދު ރައީސް އޮފީހުން ވަނީ ސިއްހީ ޚިދުމަތް ދޭ އަމިއްލަ ތަންތަނަށް އާސަންދަ ލިބޭނެ ގޮތަށް ހަމަޖެއްސުމަށް އާސަންދަ ކުންފުންޏަށް އަންގާފައި ކަން ފާހަގަކޮށްލެވެއެވެ.