ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މަގާމު ފުރުއްވަމުން އައި އަލީ ޚާލިދު މަގާމުން ދުރުކޮށްފިއެވެ.
ވެމްކޯގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން އަންނަ އަލީ ޚާލިދު މަގާމުން ވަކިކޮށްފައިވާކަން މިހާރު ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
އަލީ ޚާލިދު ވަނީ މީގެ ކުރިން ޓީވީއެމްގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައެވެ. ރައީސް އޮފީހުގެ ކޮމިއުނިކޭޝަނަށް ވަކި ޑިޕާޓްމެންޓެއް ހެދުމަށްފަހު އަލީ ޚާލީދަށް ވަނީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މަގާމު ދީފައެވެ.
އެޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތަކީ ސަރުކާރުގެ މޫނުމަތި ރީތި ކުރުމަށް އެކިއެކި ޕްރޮގްރާމްތައް އުފައްދައި އާންމުންނާއި ހަމައަށް ގެނެސްދިނުމެވެ.
ވެމްކޯގެ ޗެއާމަންގެ މަގާމުން އަލީ ޚާލިދު ވަކިކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އަދި އެނގިފައެއް ނުވެއެވެ.