Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ތިމަރަފުށީ ފެނަކައިގެ ޑެޕިއުޓީ މެނޭޖަރު އިސްތިއުފާ ދޭން އަންގައިފި

ލޯކަލް ކައުންސިލް އިންތިހާބްގެ ތިމަރަފުށީގެ ހުރިހާ ގޮޑިއެއް އިދިކޮޅު އެމްޑީޕީއަށް ކާމިޔާބް ކޮށްފައިވަނިކޮށް ޕީޕީއެމް ކެންޑިޑޭޓްގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވި ތ. ތިމަރަފުށީ އިންޖީނުގޭގެ ޑެޕިއުޓީ މެނޭޖަރު އަހުމަދު އިލްހާމް އިސްތިއުފާ ދިނުމަށް ފެނަކަ ކޯޕަރޭޝަނުން އަންގައިފި އެވެ.

އަހުމަދު އިލްހާމް ވިދާޅުވީ އިންޖީނުގޭގެ ޑެޕިއުޓީ މެނޭޖަރުގެ މަގާމުން އިސްތިއުފާ ދިނުމަށް އޭނާ އަށް މިއަދު ފެނަކަ ކޯޕަރޭޝަނުގެ އެޗްއާރް ޑިޕާޓްމެންޓުން އަންގާފައިވާ ކަަމަށެވެ. އެގޮތަށް އެންގި ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ އިސްތިއުފާ ނުދީފިނަ އެހެން ރަށަކަށް ބަދަލު ކުރާނެކަން އަންގާފައިވާކަމަށެވެ.

އިލްހާމްއަކީ ތިމަރަފުށީ ދާއިރާގެ ޕީޕީއެމް ކެންޑިޑޭޓަށް ތާއިދު ހޯދުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެވެ. އަދި އިންތިހާބް ކަންކަމުގައި އިސްކޮށް ހުންނެވީވެސް އިލްހާމްއެވެ.

ކައުންސިލު އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ތިމަރަފުށިގެ ތިން ގޮނޑި ވެސް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ. އަދި އަތޮޅު ކައުންސިލުގެ ތިމަރަފުށި ދާއިރާގެ ގޮނޑި ވެސް ނެގީ އެމްޑީޕީންނެވެ