ހިތަދޫ ލިންކް ރޯޑުގައި ހުންނަ ޕެބްލްސް އިން ގެސްޓް ހައުސް ކުރިމަތިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގީ ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް ގޯޅިއަކުން އަޅަނިކޮށް ފަހަތުން އައި ސައިކަލުން ޖެހިގެންނެވެ.
"ސައިކަލެއް ކުއްލިއަކަށް ގޯޅި އަޅަން އުޅެނިކޮށް އޭގެ ފަހަތުން އައި ސައިކަލުން ޖެހިގެން މި އެކްސިޑެންޓް ހިނގީ." އެކްސިޑެންޓް ހިނގި މަންޒަރު ދުށް ފަރާތަކުން ބުންޏެވެ.
އެކްސިޑެންޓުގައި ދެމީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ އިރު އެކްސިޑެންޓް ހިނގި ސަރަހައްދުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.