މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ތާއީދު ހޯދަން މަސައްކަތް ކުރުމުގެ ތެރޭގައި މަސީހު އާއި ދެކޮޅަށް ވޯޓް ދީފި ނަމަ ހުރިހާ ގޮތަކުން ވެސް އެހީވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވުމަކީ ރިޝްވަތު ހުށަހެޅުން ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
ގާސިމްގެ މައްޗަސް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައި ފައެވެ.
އެއީ އެއީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަށް ނުފޫޒެއް ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.
ގާސިމަށް ކުރާ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއަށް ރައްދު ދެއްވައި ގާސިމްގެ ވަކީލުން ކުރިން ފާހަގަކޮށްފައިވާ ކަންކަމަށް ދައުލަތުގެ ވަކީލުން މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ރައްދު ދެއްވާފައެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ޚިޔާލު ފާޅު ކުރުމާއި ވާހަކަ ދެއްކުމާއި އެއީ ދެ ކަމެއް ކަމަށާއި ގާސިމް ފާޅުކުރީ ޚިޔާލެއް ނޫން ކަމަށާއި އެއީ ވާހަކައެއް ދެއްކުން ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ގާސިމް ދެއްކެވި ވާހަކައަކީ ތާއީދު ހޯދަން ދެއްކި ވާހަކައެއް ކަމަށް ދިފާއީ ވަކީލުން ބުންޏަސް ތާއީދު ހޯދުމުގެ ގޮތުން ވިޔަސް ކުށެއް ނުކުރެވޭނެ ކަމަށާއި ގާސިމް ދެއްކެވި ވާހަކައިގައި ކުށެއް ކުރަން އުޅެފައިވާ ކަމަށެވެ.
ގާސިމް ރިޝްވަތު ހުށަހެޅީ ކާކަށް ކަން އެނގެން ނެތް ކަމަށް ގާސިމްގެ ވަކީލުން ފާހަގަކުރައްވާފައި ވާތީ އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ކުށް ފުރިހަމަވުމުގައި ރިޝްވަތު ހުށަހެޅުނު މީހަކު ހުރުން ލާޒިމް ނުވާ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ ވަކީލާ ވިދާޅުވީ ޚިޔާލު ފާޅު ކުރުމާއި ވާހަކަ ދެއްކުމާއި އެއީ ދެ ކަމެއް ކަމަށާއި ގާސިމް ފާޅުކުރީ ޚިޔާލެއް ނޫން ކަމަށާއި އެއީ ވާހަކައެއް ދެއްކުން ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ދެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވައި ގާސިމްގެ ދިފާއި ވަކީލުން ވަނީ ދައުވާއާ މެދު އުފައްދާފައިވާ ސުވާލުތަކަށް އަދިވެސް ޖަވާބު ނުލިބޭ ކަން ފާހަގަކުރައްވާފައެވެ.
މީހަކަށް އެހީވާނެ ކަމަށް ބުނުމަކީ ކުށަކަށް ނުވަތަ ހުއްދަ ނޫން ކަމަކަށް ވަނީ ކިހިނެތް ކަން އަދިވެސް ސާފުނުވާ ކަން ފާހަގަކުރައްވައި ވާހަކަ ދެއްކުމާއި ޚިޔާލު ފާޅު ކުރުމަކީ ތަފާތު ކަމަކަށް ވާނެ ގޮތެއް ނޯންނާނެ ކަމަށް ގާސިމްގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
އެގޮތުން މީހަކަށް އެހީވާނެ ކަމަށް ބުނުމަކީ ކުށަކަށް ނުވަތަ ހުއްދަ ނޫން ކަމަކަށް ވަނީ ކިހިނެތް ކަން އަދިވެސް ސާފުނުވާ ކަން ފާހަގަކުރައްވައި ވާހަކަ ދެއްކުމާއި ޚިޔާލު ފާޅު ކުރުމަކީ ތަފާތު ކަމަކަށް ވާނެ ގޮތެއް ނޯންނާނެ ކަމަށް ގާސިމްގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
ރިޝްވަތު ހުށަހެޅި ކަމަށް ބުނާ ދައުވާއާ ގުޅިގެން ދެ ފަރާތުން މިއަދު ވަނީ ހެކި ހުށަހަޅައިފަ އެވެ. ދައުލަތުން ހުށަހެޅީ ގާސިމް ދެއްކެވި ވާހަކަތަކުގެ ވީޑިއޯ އާއި އެ ވާހަކަތަކުގެ ވީޑިއޯ އެނަލިސިސް ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި ފަރާތެވެ.
ގާސިމްގެ ވަކީލުން ހުށަހަޅުއްވާފައި ވަނީ =އެފަދަ ވާހަކަތައް ދެއްކުމަކީ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެއް ކަން ސާބިތުކޮށް ދިނުމަށް އެމެރިކާގައި އެކަމާ ބެހޭގޮތުން ފާސްކޮށްފައިވާ ގާނޫނަކާއި އެކަން އެ ގައުމުގައި ކުރާ ގޮތުގެ ލިޔުމެކެވެ.