ތައިލޭންޑުގެ ރަސްގެފާނު ޖަރުމަނުވިލާތުގެ ސްޓޯރެއްގައި ގަންޖުފަރާހެއްގައި ދާ ވީޑިއޯއެއް އާންމުވެފައިވާއިރު ފޭސްބުކްއިން ތައިލޭންޑުގެ ރައްޔިތުންނަށް އެވީޑިއޯ ނުފެންނަ ގޮތަށް ބްލޮކްކޮށްފިއެވެ.
Facebook is geoblocking this video of Thailand's King Vajiralongkorn so users in Thailand can't see it pic.twitter.com/QAE2SNr2KY
— Andrew MacGregor Marshall (@zenjournalist) May 5, 2017
ރަސްގެފާނު ސްޓޯރު ތެރެއިން އޭނާގެ ޖާރިޔާއަކާއި އެކު ހިނގާފައިދާ މި ވީޑިއޯއިން އޭނާގެ ގައިގައި ހުރި ޓެޓޫތައްވެސް ފެންނާން ހުއްޓެވެ. ފޭސްބުކްއިން މިވީޑިއޯ ތައިލޭންޑުގެ ރައްޔިތުންނަށް ނުފެންނަ ގޮތަށް ހަދާފައިވަނީ ފޭސްބުކްގެ ގަވާއިދުތަކާއި ޚިލާފަށް އަޕްލޯޑު ކުރުމުން ނޫނެވެ.
ނަމަވެސް ތައިލޭންޑު ސަރުކާރުން އެދިގެންނެވެ. އެގައުމުގެ ރައްޔިތުންނަށް ރަސްގެފާނު އެފަދަ ދަރަޖައެއްގައި ފެނުމަކީ ކުށެކެވެ. އަދި ރަސްގެފާނަށް ފާޑުކިޔުމުގެ ގޮތުން އެއްވެސް އެއްޗެއް ބުނުމަކީވެސް ގާނޫނީ ކުށެކެވެ.
ފޭސްބުކްއިން ބުނެފައިވަނީ އެހެން ގައުމެއްގެ ގާނޫނާއި ޚިލާފު އެއްޗެއް އިންޓަނެޓުގައި ދައުރުވަމުންދާނަމަ ފޭސްބުކްގައި އެގައުމގެއް ރައްޔިތުންނަށް އެ އެއްޗެއް ނުފެންނާނެ ކަމަށެވެ.
ނަމަވެސް މިއީ ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގްގެ ވިސްނުމާއި ޚިލާފު ކަމެކެވެ. އޭނާގެ އުއްމީދަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ފޭސްބުކް ބޭނުންކުރެވި، ފުޅާކޮށް މުޅި ދުނިޔެ ގުޅާލުމެވެ. ނަމަވެސް ބައެއް ގައުމުތަކުގައި މިފަދަ ހަރުކަށި ގާނޫނުތަކާއި ގަވާއިދުތައް ތިބުމުން އެކަމަށް ހުރަސްއެޅޭ ކަމަށް މާކް ވަނީ މީގެ ކުރިން ބުނެފައެވެ.