Last Updated: June 24, 00:19
Tuesday, June 23, 2026
ކުޅިވަރު

މިޑްލްސްބްރޮގް ބަލިކޮށް ޗެލްސީ ތަށި ޔަގީންކުރުމާ ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި މިޑްލްސްބްރޮގް ބައްދަލުކުރި މެޗު 0-3 އިން ކާމިޔާބުކޮށް ޗެލްސީގެ 5 ވަނަ ލީގު ތަށި ޔަގީން ކުރުމާއި ގާތަށް ޖެހިލައިފިއެވެ.

ބްރިޖްގައި ކުޅުނު މެޗުގައި ޗެލްސީއިން ހޯދި ކާމިޔާބީއާއެކު ތަށްޓާއި ކައިރިއަށް ޖެހިލާފައިވާއިރު ބޮރޯ ވަނީ މިސީޒަނުގައި އަލަށް ޕްރިމިއާ ލީގާއި ގުޅުމަށްފަހު ވަކިވެލާން ޖެހިފައެވެ. ސަންޑަލޭންޑާއެކު ރެލިގޭޓްވި ދެވަނަ ޓީމަށް ބޮރޯ ވަނީ ވެފައެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ކޮސްޓާ ވަނީ ފެބްރިގާސްގެ އެސިސްޓަކާއެކު ލީޑު ނަގާފައެވެ. ޗެލްސީގެ ދެވަނަ ގޯލު 34 ވަނަ މިނެޓުގައި ޖަހާފައިވަނީ މާކޮސް އެލެންސޯއެވެ. އޭނާގެ ގޯލަކީވެސް ފެބްރިގާސްގެ އެސިސްޓަކުން ޖެހި ގޯލެކެވެ.

މެޗުގެ ފަހު ގޯލު ޗެލްސީގެ ނިމަންޖާ މަޓިކް ޖަހާފައިވަނީ 65 ވަނަ މިނެޓުގައެވެ. މިމޮޅާއެކު ޗެލްސީވަނީ ލީގުގެ އެއްވަނައިގައި 84 ޕޮއިންޓު ހޯދާފައެވެ. ދެވަނައިގައި އޮތް ސްޕާސްއަށް ލިބިފައިވަނީ 77 ޕޮއިންޓެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފައިވަނީ އޭނާގެ ޓީމުން ކުރަން ޖެހެނީ ކުޑަ ހިތްވަރެއް ކަމަށެވެ.