މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރާލި ސ. ފޭދޫ، ޗަނބޭލީގެ، ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި އިތުރު ހަތަރު ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މީގެ ކުރިން ދެ މީހަކު ޔާމީން މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާއިރު މިހާރު މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ޖުމުލަ ހަމީހަކު ވަނީ ގެންގޮސްފައެވެ.
ފުލުހުން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަން ކަށަވަރު ވެފައިވިނަމަވެސް މި މީހުން ހައްޔަރު ކުރީ ކޮން ދުވަހެއްގައި ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ޔާމީންގެ މަރުގެ މައްސަލަ މިނިވަން ކަމާއެކު އަވަހަށް ތަހުގީގު ކުރުމަށް އެދި 800 އަށްވުރެ ގިނަ މީހުން ފޮނުވި ސިޓީ ފުލުހުން ވަނީ ބަލައިނުގަނެ އަނބުރާ ފޮނުވާލާފައެވެ.