ރާއްޖޭގެ ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، ޝީޝާ އިން ރޯދަ އަށް ޚާއްސަކޮށް "ސައިކަލް ތާސްޓް" ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން މި ފަހަރު ނަސީބުވެރި ފަރާތަކަށް ސައިކަލަށް ދެއްކި ފައިސާގެ އަގު އަނބުރާ ލިބުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
މީގެ އިތުރުން ސައިކަލު ބައްލަވައިގަންނަ ކަސްޓަމަރުންނަށް ރޯދައަށް ޚާއްސަކޮށް ބަދިގޭ ސާމާނާއި އިލެކްޓްރޯނިކް ވެސް ޝީޝާ އިން ވަނީ ހުށައަޅައި ފައެވެ.
އިންސްޓޯލްމަންޓަށް ޝީޝާއިން ސައިކަލު ނަންގަވާ ފަރާތްތައްވެސް މި ޕްރޮމޯގައި ބައިވެރިކުރުމަށް ނިންމާފައިވާއިރު އިންސްޓޯލްމަންޓަށް ސައިކަލު ނަގާ ނަސީބުވެރިފަރާތަކަށް ބޮޑު އިނާމު ދިމާވެއްޖެ ނަމަ ބާކީ ދައްކަން ހުރި ފައިސާ މާފްކޮށް ދިނުމަށް ފަހު ވެރިފަރާތުގެ ނަމުގައި ސައިކަލު ވަގުތުން ރަޖިސްޓަރީކޮށް ދޭނެ އެވެ.
ނަމަވެސް ޑައުން ޕޭމަންޓުގެ ގޮތުގައި ކަސްޓަމަރު ދެއްކި އަދަދު ވެސް ޝީޝާއިން ކަސްޓަމަރގެ އަތަށްދޭނެއެވެ

މީގެ އިތުރުން ޑައުންޕޭމަންޓްގެ ގޮތުގައި، ސައިކަލުގެ 30 އިންސައްތައަށް ވުރެ ދަށުން ފައިސާ ދައްކަވާ ފަރަތްތަކަށް ތިން މަހުގެ އިންސްޓޯލްމެންޓް ޗާޖް ދައްކާކަށް ނުޖެހޭނެ އެވެ.
އަދި ޑައުންޕޭމަންޓްގެ ގޮތުގައި، ސައިކަލުގެ 30 އިންސައްތައަށް ވުރެ މަތިން ފައިސާ ދައްކަވާ ފަރަތްތަކަށް ހަ މަހުގެ އިންސްޓޯލްމެންޓް ޗާޖް ދައްކާކަށް ނުޖެހޭނެ އެވެ.
އަދި ހަ މަސް ދުވަހަށް ބަހާލައިގެން އިންސްޓޯލްމެންޓް ޗާޖަކާއި ނުލާ ސައިކަލު ނެގޭނެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އިންސްޓޯލްމަންޓުގެ ގޮތުގައި ފައިސާ ދައްކައި 24 ގަޑިއިރު ތެރޭ ކަސްޓަމަރަށް ސައިކަލު ފޯރުކޮށްދޭނެއެވެ.
ކުދި އިނާމުތަކުގައި ޕްލޭސްޓޭޝަން 4، 42 އިންޗީގެ ޓީވީ، ގިފްޓް ހެމްޕާސް، މައިކްރޯވޭވް، ޓޯސްޓަރު ފަދަ ތަކެތި ލިބުމުގެ ފުރުސަތު މި ރޯދައާ ދިމާކޮށް ޝީޝާ އިން ވަނީ ހުޅުވާލައިފަ އެވެ.
ޝީޝާ އިން ބުނީ އިންސްޓޯލްމަންޓަށް ސައިކަލް ނަގާ ފުރަތަމަ 100 ކަސްޓަމަރުންނަށް ހިލޭ ގިފްޓް ހެމްޕާއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މި ޕްރޮމޯ މާލެއެކޭ އެއްފަދައިން އައްޑޫ އަދި ހުޅުމާލެ ފިހާރަތަކުން ވެސް ކުރިއަށް ގެންދާނެ އެވެ. މިއީ ޝީޝާއިން މި ޕްރޮމޯޝަން ކުރިއަށް ގެންދާ ހަތަރު ވަނަ ފަހަރެވެ.