މިދިޔަ ހުކުރުދުވަހު ހިރާ ސްކޫލުން އިސްނަގައިގެން ހިތަދޫގެ ޓާފްދަނޑު(މައިލޯ ދަނޑު) ސާފުކޮށްފިއެވެ.
ޓާފް ދަނޑުގެ ވަށައިގެންވާ ސަރަހައްދު ސާފުކުރުމުގެ މިހަރަކާތުގައި ހިރާ ސްކޫލްގެ ބެލެނިވެރިންގެ އިތުރުން ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ.
ހިރާ ސްކޫލުން މައުލޫމާތު ދިން ގޮތުގައި މިމިހަރަކާތުގެ މަޤްޞަދަކީ މައިލޯދަނޑުގެ ބޭނުން ހިފަމުން އަންނަ ސްކޫލެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އިޖްތިމާޢީ ޒިންމާއަދާކުރުމެވެ. އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާއަށް ތައްޔާރުވުމުގެ ގޮތުން ހިރާގެ ދަރިވަރުން އަންނަނީ އެ ދަނޑު ބޭނުން ކުރަމުންނެވެ.
ހިތަދޫ ޓާފް ދަނޑު ބޭނުންކުރާ އެންމެހާ ފަރާތްތަކުންވެސް ތަނުގެ ސާފުތާހިރުކަމަށް ސަމާލުކަންދީ، ހުސްފުޅިތަކާއި އެނޫންވެސް ކުނިބުނި ދަނޑުގެ ވަށައިގެންވާ ސަރަހައްދަށް ނޭޅުއްވުމަކީ ދަރިވަރުންނާއި ސްކޫލްގެ ވަރަށް ބޮޑު އެދުމެއް. – ހިރާ ސްކޫލް-
ޓާފް ދަނޑު ސާފުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ އެ ސްކޫލްގެ ފުޓްބޯޅަ ޓީމުގައި ހިމެނޭ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނެވެ.
ހިރާ ސްކޫލުން ބުނާގޮތުގައި މިޙަރަކާތުގައި ދަރިވަރުންވެސް ބައިވެރިކުރީ ދަރިވަރުންނަށްވެސް އެކުދިންގެ މާހައުލުގެ ސާފުކަމަށް ސަމާލުކަންދިނުމުގެ މުހިއްމުކަން އިހްސާސްކޮށްދީ އެކަމުގެ ޛިއްމާ ނަގަން ދަސްކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ދަނޑުބޭނުންކުރާ އެންމެހާ ފަރާތްތަކުންވެސް ތަނުގެ ސާފުތާހިރުކަމަށް ސަމާލުކަންދީ، ހުސްފުޅިތަކާއި އެނޫންވެސް ކުނިބުނި ދަނޑުގެ ވަށައިގެންވާ ސަރަހައްދަށް ނޭޅުއްވުމަކީ ދަރިވަރުންނާއި ސްކޫލްގެ ވަރަށް ބޮޑު އެދުމެކެވެ.