ހޮނިހިރު ދުވަހު ބޭއްވި ތިން ވަނަ ލޯކަލް ކައުންސިލް އިންތިހާބްގެ އެންމެ ގިނަ ގޮނޑި އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.
އެމްޑީޕީން މިހާތަނަށް 294 ގޮޑި ކާމިޔާބުކޮށްފައިވާ އިރު ވެރިކަން ކުރާ ޕީޕީއެމްއަށް ލިބިފައިވަނީ 207 ގޮނޑިއެވެ. މިނިވަން ކެންޑިޑޭޓުން ވަނީ 106 ގޮޑި ކާމިޔާބުކޮށްފަ އެވެ.
ކައުންސިލް އިންތިހާބްގެ ވަގުތީ ނަތީޖާ މިއަދު ހާމަކުރާނެކަން އިލެކްޝަނުން އިއްލާން ކުރި ނަމަވެސް މިހާތަނަށް ހާމަކޮށްފައިވަނީ ތިން ރަށެއްގެ ރަށު ކައުންސިލްގެ ވަގުތީ ނަތީޖާ އެވެ.
އެއީ އދ. ކުނބުރުދޫ، އދ. ފެންފުށި އަދި ރ. ފައިނުގެ ވަގުތީ ނަތީޖާއެވެ.
އެމްޑީޕީން ވަނީ ސިޓީ ކައުންސިލްތަކުގެ 23 ގޮޑީގެ ތެރެއިން 21 ގޮޑި ކާމިޔާބްކޮށްފައެވެ. ޕީޕީއެމްއަށް ސިޓީ ކައުންސިލުން ލިބުނީ އެންމެ ގޮޑިއެކެވެ. އަދި ޑީއާރްޕީންވެސް ވަނީ ސިޓީ ކައުންސިލް ގޮޑިއެއް ކަށަވަރުކޮށްފައެވެ. ޑީއާރްޕީއަށް ލިބިފައިވަނީ މާލޭ ސިޓީ ކައުންސިލް ގޮޑިއެކެވެ.
ޕީޕީއެމްއަށް ލިބުނީ ފުވައްމުލަކު އުތުރު ދާއިރާ ގޮޑިއެވެ. އައްޑޫ ސިޓީ ކައުންސިލްގެ 7 ގޮޑިވެސް ކާމިޔާބބް ކޮށްފައިވަނީ އެމްޑީޕީންނެވެ.
އަތޮޅު ކައުންސިލްގެ 139 ގޮޑީގެ ތެރެއިން މިހާތަނަށް ނަތީޖާ އާއްމުކޮށްފައިވާ 64 ފޮށީގެ ތެރެއިން އެމްޑީޕީން ވަނީ 39 ގޮޑި ކާމިޔާބްކޮށްފައެވެ. ވެރިކަން ކުރާ ޕީޕީއެމްއަށް އަދި ލިބިފައިވަނީ 16 ގޮޑިއެވެ. ޖުމްހުރީ ޕާޓީން 2 ގޮޑި ނަގާފައިވާ އިރު މިނިވަން ކެންޑިޑޭޓުން ވަނީ 7 ގޮޑި ކާމިޔާބްކޮށްފައެވެ. ބާކީ ނަތީޖާ އަދި ސާފެއް ނުވެއެވެ.
ރަށު ކައުންސިލްތަކުގެ 502 ގޮޑީގެ ތެރެއިން މިހާތަނަށް އެމްޑީޕީން ވަނީ 234 ގޮޑި ކާމިޔާބްކޮށްފައެވެ. ވެރިކަން ކުރާ ޕީޕީއެމްއަށް 190 ގޮޑި ލިބުނު އިރު ވެރިކަންކުރާ ކޯލީޝަނުގައި ހިމެނޭ އެމްޑީއޭއިން ވަނީ 21 ގޮޑި ކާމިޔާބްކޮށްފައެވެ. ޖުމްހުރީ ޕާޓީން 16 ގޮޑި ކާމިޔާބްކުރި އިރު އަމިއްލަ ކެންޑިޑޭޓުން ވަނީ 99 ގޮޑި ކާމިޔާބްކޮށްފައެވެ. އަދިވެސް ބައެއް ދާއިރާތަކުގެ ނަތީޖާ ސާފެއް ނުވެއެވެ.
އިލެކްޝަން ކަމިޝަނުން ބުނީ މިއަދު ދެން ހުރި ދާއިރާތަކުގެ ވަގުތީ ނަޖީތާ ހާމަކުރާނެކަމަށެވެ.
އެމްޑީޕީން ގިނ ގޮޑި ކާމިޔާބް ކޮށްފައިވަނީ އެޕާޓީ އާއި އެކު ހަދާފައިވާ ކޯލިޝަންގެ ބޮޑު ތާއިދާއި އެކުއެވެ.