ސެމީ ފައިނަލުން ކަޓާ ޓީމު ފައިނަލުގައި ކުޅެނީ ކޮން ކުޅިވަރެއްގައިތޯ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ސުވާލު އުފައްދައިފިއެވެ.
ރޮޒޭ މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އަހުމަދު ނިހާން ހުސެއިންމަނިކު މިއަދު އެޕާޓީއިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މިއިންތިޚާބުން ޕީޕީއެމް ބަލިވެއްޖެ ކަމަށާއި ނަމަވެސް މިއީ ސެމީ ފައިނަލް ކަމަށް ވިދާޅުވެ ރިޔާސީ އިންތިޚާބަކީ ފައިނަލް ކަމަށާއި އެމެޗުން މޮޅުވާނެ ކަމަށް ބުނުމުންނެވެ.
Semi final in kataameehun final kulhenee kon kulhivareggabaa? 🙄 #crazy
Anekka fail veeves bodu thanun!https://t.co/s0crkHCxzc— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) May 9, 2017
ނިހާން އިތުރަށް ވިދާޅުވެފައިވަނީ އިންތިޚާބުން ބަލިވި ސަބަބުތައް ދަނެގަނެ އެކަން އިސްލާހު ކުރުމަށް މަސައްކަތް ކުރުމަކީވެސް ކާމިޔާބީއެއް ކަމަށެވެ.
ފައިނަލް މެޗު އަންނަ އަހަރު އެބައޮތް ކަމަށާއި މިއިންތިޚާބުގައި ހެއްދެވުނު ގޯސްތައް މުރާޖައާ ކުރުމަށްފަހު ފައިނަލަށް ޕީޕީއެމް ވަރުގަދައަށް ތައްޔާރުވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.