ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓްރޭޑް ޝޯ، ޓްރެވެލް ޓްރޭޑް މޯލްޑިވްސްގެ ގެ ޕްލެޓިނަމް ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖެހިއްޖެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި ޝޯގެ ސްޕޮންސަރުކަން ނަގައި، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ބީއެމްއެލް ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.
ބޭންކުގެ ފަރާތުން ސޮއި ކޮށްފައިވަނީ ސީއީއޯ އެންޑްރޫ ހީލީއެވެ. ޝޯ އިންތިޒާމް ކުރާ މޯލްޑިވްސް ގެޓްއެވޭސްގެ ފަރާތުން ސޮއިކުރީ މެނޭޖިންގ ޑިރެކްޓަރު އަހުމީމް އަބްދުއްރައްޒާގެވެ.
މިފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ބޮޑެތި ހޮޓެލްތައް ހިންގާ އިސްވެރިންގެ ޚާއްސަ ފޯރަމް، ހޮޓެލިއާ ސަމިޓް މޯލްޑިވްސް 2017' ގެ ޓައިޓަލް ސްޕޮންސާވެސް ބީއެމްއެލް އިން ވަނީ ނަގާފައެވެ.
ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ފެއާގައި މިފަހަރު 100 އަށްވުރެ ގިނަ ރިސޯޓުތަކާއި 150 އަށްވުރެ ގިނަ ޓުއާ އޮޕަރޭޓަރުންގެ އިތުރުން 3،000 އަށްވުރެ ގިނަ ވިޔަފާރި ކުންފުނި މިފެއާގައި ބައިވެރިވާނެ ކަމަށް މޯލްޑިވްސް ގެޓްއެވޭސްއިން އަންދާޒާ ކުރެއެވެ.