ލޯކަލް ކައުންސިލަކީ ސެމީފައިނަލް މެޗް ކަމަށާއި ފައިނަލަށް ދިޔައީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ވިދާޅުވުމަށްފަހު ފައިނަލްގައި ކުޅެން އެމްޑީޕީ ބިރު ގަންނަތޯ ސުވާލު އުފައްދަވައިފިއެވެ.
ނިހާން ވަނީ ޓްވީޓަކުން ފައިނަލްގައި ޕީޕީއެމްއާއި އެކު ކުޅެން އެމްޑީޕީ ބިރުގަންނަތޯ ސުވާލު އުފައްދަވާފައެވެ.
Bala #MDP Final kulhen Biru Gannanee tha #PPM aai eku.
— Ahmed Nihan (@ahmed_nihan) May 9, 2017
ފައިނަލް މެޗުން ބަލިވިކަމަށް އެއްބަސްވެ، އަނެއްކާ ފައިނަލްގައި ކުޅޭނެކަމަށް ނިހާން ވިދާޅުވި ވާހަކަ ސޯޝަލް މީޑިއާގައި ޖޯކަކަށްވެފައި ވަނިކޮށް ނިހާން ވިދާޅުވީ ސެމީ ފައިނަލަށް ވީގޮތް ނޭގުނު އެންމެނަށް ވަރަށް ސަލާމްކަމަށާއި ސެމީ ފައިނަލް އޮންނަނީ ހަމައެކަނި ފުޓްބޯޅައިގައި ސުވާލު އުފައްދަވާފައެވެ.
Semi Final ah vee goiy neygunu enmmenah varah salaam. Semi Final onnanee Hama ekani Football gai tha?
— Ahmed Nihan (@ahmed_nihan) May 9, 2017
ލޯކަލް ކައުންސިލް އިންތިހާބްގެ ވަގުތީ ނަތީޖާ އިލެކްޝަން ކަމިޝަނުން އިއްލާން ކޮށްފައި ވަނިކޮށް މިއަދު ހެނދުނު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު "މިއީ ސެމީފައިނަލް" ކަމަށެވެ. އޭނާ ވިދާޅުވީ ފައިނަލް މެޗް އޮތީ 2018 ވަނަ އަހަރު ކަމަށާއި ފައިނަލަށް ދިޔައީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށެވެ. "މިސްޓޭކްތައް ރަނގަޅުކޮށް ތައްޔާރުވޭ" ނިހާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކައުންސިލް އިންތިހާބްގައި އެމްޑީޕީން 294 ގޮޑި ކާމިޔާބް ކޮށްފައިވާއިރު ޕީޕީއެމްއަށް ކާމިޔާބް ކުރެވިފައިވަނީ 207 ގޮޑިއެވެ.