ހެނދުނު ހޭލާއިރު މޫނުމަތި ކޮންމެވެސް ވަރަކަށް ފަލަވެފައި ހުންނަހެން ހީވޭހެއްޔެވެ؟ އެއީ ނިދާފައި ތިބޭއިރު، ހަށިގަނޑުގެ ސެލްތައް ރީޖެނެރޭޓް ވެއެވެ.
އޭގެ ސަބަބުން ހަންގަނޑުގައި ހުންނަ ބާތައް ބޮޑުވެ، މޫނު ދުޅަވާގޮތް ވެއެވެ. އެހެންނަމަވެސް އެއީ މާބޮޑު މައްސަލައެއް ނޫނެވެ. އެއީ ވަރަށް ފަސޭހައިން ހައްލު ކުރެވޭނެ ކަމެކެވެ.
ބޭނުންވާހާ ވެސް އެއްޗަކީ އައިސް ނުވަތަ ފިނިފެނެވެ. ޚާއްސަކޮށް ހެނދުނު ފިނިފެނުން މޫނު ދޮވުމުން އަޖައިބު ކުރުވަނިވި އަސަރުތަކެއް މޫނަށް ކުރެއެވެ.
-
ފިނިފެނުން މޫނު ދޮވުމުން ހަންގަނޑުގައި ހުންނަ ވަޅުގަނޑުތައް ބެދެއެވެ. އެންމެ ފުރަތަމަ ހޫނު ފެނުން މޫނު ދޮންނާށެވެ. އެއަށްފަހު ކުޑަ ފިނިފެން ފޮދަކުން މޫނު ދޮންނާށެވެ. މިގޮތަށް ކަންތައް ކުރުމުން ލޮލަށް ވެސް އަރާމް ލިބިގެންދާނެ އެވެ.
-
ފިނިފެނަކީ މޫނުގައި ހުންނަ ރޫތަކަށް ވެސް އޮތް ހައްލެކެވެ. އެގޮތުން ފިނިފެނަކީ މޫނު ދޮންކޮށްދީ، ހަންގަނޑު އިތުރަށް ޒުވާންކޮށް ތާޒާކޮށްދޭ އެއްޗެކެވެ.
ކޮންމެ ދުވަހަކުވެސް ޤަވާއިދުން ފިނިފެން ބޭނުން ކުރާށެވެ. އެއިރުން ހަންގަނޑު މުސްކުޅިވާލެއް ލަސްވާނެ އެވެ. އަދި މޫނުގައި އުފެދޭ ރޫތައް ވެސް މަދުވާނެ އެވެ. -
ފިނިފެނަކީ އިރުގެ ދޯދިތަކުން ލިއްބައިދޭ ގެއްލުންތަކުން ވެސް ސަލާމަތްކޮށްދޭ އެއްޗެކެވެ. އެގޮތުން ފިނިފެނުގެ ސަބަބުން މޫނުގައި ހުންނަ ވަޅުގަނޑުތައް ބާރުވެ ބަންދުވެ އެވެ.
އޭގެ ސަބަބުން އިރުން އަންނަ ދޯދިތައް ހަންގަނޑުގެ ތެރެއަށް ނުފޯރާނެ އެވެ.