Last Updated: July 3, 06:26
Friday, July 3, 2026
ސިޔާސީ

އިބްރާހިމްދީދީގެ ޝަރީއަތް އާދީއްތަ ދުވަހަށް އަވަސްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގަައި ދައުވާ ލިބޭ ދައުވާލިބޭ ކުރީގެ މާލޭ އޭރިއާގެ ކޮމާންޑަރ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމްދީދީ (ރިޓައާޑް) ގެ ޝަރީއަތް އަންނަ ހޯމަދުވަހު ބާއްވަން ޝެޑިއުލް ކުރުމަށް ފަހު އާދީއްތަ ދުވަހަށް އަވަސްކޮށްފި އެވެ.

މި މައްސަލަ އާ ގުޅިގެން ދައުވަ އުފުލާފަ އިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރ ޠޮލްހަތު ކަލޭގެ ފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލުގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.

ކުރިން ތަވަލް ކޮށްފައިވާ ގޮތުން އިބްރާހިމްދީދީ އާއި ޒިޔާދުގެ ޝަރީއަތް ބާއްވަން ތާވަލް ކޮށްފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ. އަދި ހުރިހާ ބޭފުޅުންގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވަކިންނެވެ.

މި މައްސަލަތަކުގެ ބެލުމަށް ހަމަޖެހިަފއި ވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ގަސްދުގައި ހިފާ ހައްޔަރު ކުރުމުގެ ދައުވާ އެވެ.