ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަސައްކަތް ކުރަމުން ގެންދަނީ ވަކި ފަރާތަކަށް ނުޖެހި ކަމަށް އެ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.
އޭސީސީގެ ގައުމީ މަހާސިންތާ އިފްތިތާހުކުރަން އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ލުތުފީ ވިދާޅުވީ ކޮރަޕްޝަނާއި ރިޝްވަތާއި ފަސާދައިގެ އަމަލުތަކާ ގުޅޭ މައްސަލަތައް ހޯދައި ބެލުމަކީ ފަސޭހަކަމެއް ނޫން ކަމަށް ވިޔަސް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަން އޭސީސީ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.
"އޭސީސީން އަބަދުވެސް މަސައްކަތް ކުރާނީ ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އޭސީސީއާ މަތިކުރެވިފައިވާ އަމާނާތް އެންމެ ފުރިހަމަ އަށް އަދާކުރަން. އެގޮތުގެ މަތީގައި ދެމިތިބޭނެ ކަމުގެ ކަށަވަރުކަން އަރުވަން،" ލުތުފީ ވިދާޅުވި އެވެ.
އޭސީސީގެ މަސައްކަތްތަކަށް ފާޑުކިއުންތައް އަމާޒުވަމުން ގެންދާތީ އެކަމަށް އިޝާރާތްކުރައްވައި ލުތުފީ ވިދާޅުވީ ފާޑުކިއުންތައް ކެތްތެރިކަމާ އެކު އަޑުއެހުމުގެ ގާބިލްކަން ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންގެ އެބަހުރި ކަމަށެވެ.
ލުތުފީ ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އޭސީސީ އިން ދައުލަތުގެ އިދާރާތަކަށް ދިއުމުން އެކަމަށް ފާޑުކިއުންތައް އަމާޒުވަމުންދާ ކަމަށެވެ. އެހެން ނަމަވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އޭސީސީން ކުރަން ޖެހުނު ކޮންމެ ކަމެއް ގާނޫނީ އިމުގެ ތެރެއިން ކުރާނެ ކަމުގެ ޔަޤީންކަން ލުތުފީ ވަނީ ދެއްވާފައެވެ.
<
blockquote>"މޮޅު މީހަކަށް، ދެރަ މީހަކަށް ވަކި ގޮތެއް ހަދާފައި ނުވާނެ. އޭސީސީ އަށް ކުރިމަތިވާ ފާޑުކިއުމަކީ ދުނިޔޭގައި މިފަދަ މުއައްސަސާތަކަށް ވެސް ކުރިމަތިވާ ފާޑުކިއުންތައް. އެއީ މި ރާއްޖޭގައި އެކަނި ހިނގާ ކަން ކަމެއް ނޫން،"
ވަކި ފަރާތެއްގެ މައްސަލަތައް އޭސީސީ އިން ބަލަމުން ނުގެންދާ ކަމަށް ވާހަކަތައް ދެއްކިޔަސް މި އަހަރުގެ މިހާތަނަށް އޭސީސީއަށް ހުށަހެޅި އަދަދަށް ވުރެ ގިނަ މައްސަލަތައް ތަހުގީގުކޮށް ނިންމާފައިވާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.
"މޮޅު މީހަކަށް، ދެރަ މީހަކަށް ވަކި ގޮތެއް ހަދާފައި ނުވާނެ. އޭސީސީ އަށް ކުރިމަތިވާ ފާޑުކިއުމަކީ ދުނިޔޭގައި މިފަދަ މުއައްސަސާތަކަށް ވެސް ކުރިމަތިވާ ފާޑުކިއުންތައް. އެއީ މި ރާއްޖޭގައި އެކަނި ހިނގާ ކަން ކަމެއް ނޫން،" ލުތުފީ ވިދާޅުވި އެވެ.
މިއަދު ފެށި އޭސީސީގެ ގައުމީ މަހާސިންތާ ގައި އެކޮމިޝަނުގެ ތަހުގީގުތައް ހަރުދަނާ ކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.