Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ގާސިމްގެ ބަންދާ މެދު މިއަދު ގޮތެއް ނިންމަނީ

ފޮޓޯ - އަވަސް

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތާއި މެދު މިއަދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ހަމަޖައްސައިފިއެވެ.

ނުފޫޒު ފޯރުވުމާއި ގާނޫނީ ސަރުކާރެއް ވައްޓާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ގާސިމް އިބްރާހިމް ދެވަނަ ފަހަރަށް ހައްޔަރުކުރުމަށްފަހު ދެފަހަރެއްގެ މަތިން ގާސިމްގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

ފުރަތަމަ ފަހަރު 15 ދުވަހަށް ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ނިންމާފައެވެ.

ދެވަނަ ފަހަރަށް ގާސިމްގެ ބަންދުގެ މުއްދަތު ހަތަރު ދުވަހަށް އިތުރު ކުރުމަށްފަހު މިއަދު އަނެއްކާވެސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމަށް ވަނީ އަންގާފައެވެ.

ދައުލަތުން ބުނެފައިވަނީ ގާސިމް ފާޅުކުރީ ޚިޔާލެއް ނޫން ކަމަށާއި އެއީ ވާހަކައެއް ކަމަށެވެ. އެހެންކަމުން ގާސިމް ކޮށްފައިވަނީ ކުށެއް ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެއެވެ.