ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން ދެންމެ ދޫކޮށްލައިފި އެވެ.
ގާސިމް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި މި ވަނީ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުންނެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވުމާއި ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހުމަތުގައި ގާސިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ މަހު 21 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއް ގައެވެ.
އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ގާސިމްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށް ދީފަ އެވެ.
ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރަން އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ފުލުހުން ހުށަހަޅާފައި ވަނީ ހަމައެކަނި
އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ގާޒީއާ ހަވާލާ ދެއްވައި ގާސިމްގެ ވަކީލުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ތަފްސީލް އަންނަނީ