Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

އަނެއްކާވެސް އެމްވީކޭ މުވައްޒަފުންގެ މުސާރައިގެ ޝަކުވާ!

އެމްވީކޭގެ ފެރީއަކުން ބަޔަކު ފައިބަނީ:. ފޮޓޯ/ ހަވީރު

އައްޑު އާއި ފުވައްމުލަކަށް ދަތުރުފަތުރުގެ ހިދުމަތް ދެމުން އަންނަ އެމްވީކޭގެ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ ޝަކުވާ އަނެއްކާ ވެސް ފެންމަތިވެއްްޖެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު މުވައްޒަފުން މުސާރައިގެ މައްސަލާގައި މަަަސައްކަތް ހުއްޓާލައި، ހަޅުތާލު ކުރަން ފެށުމާ ގުޅިގެން މެނޭޖްމަންޓާ މުވައްޒަފުންނާ ދޭތެރޭ ބަހުގެ ވަރުގަދަ ހަަމަލާތަކެއް ވެސް ބަދަލުކޮށްފަައިވެ އެވެ. އަދި މުސާރަ ނުލިބި ލަސްވުމުގެ ޝަކުވާތަކާ ގުޅިގެން މެނޭޖްމަންޓާއި މުވައްޒަފުންނާ ދޭތެރޭ މީގެ ކުރިން ވެސް ވަނީ ހަމަނުޖެހުންތަކެއް ވެސް ހިނގާފަ އެވެ.

އެގޮތުން ކުރިން ދެކުނުގެ ދަތުރުފަތުރާ ހަވާލުވެ ހުންނެވި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމްދީދީ މުވައްޒަފުންނާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކޮށް، ކޮންމެވެސް ވަރެއްގެ މާރާމާރީތަކެއް ވެސް ހިނގާފައިވެ އެވެ. އަދި ތަކުރާރުކޮށް މުސާރައިގެ މައްސަލަ ދިމާވެ، މުވައްޒަފުންގެ ޕްރެޝަރާ ކުރިމަތިލާން ޖެހުމުން ސިފައިންގެ ހިދުމަތުގައި 32 އަހަރު އުޅުއްވި އިބްރާހީމްދީދީ ފަހުން ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

އެމްވީކޭ އިން "އައްޑު ލައިވް" އާ މިއަދު ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ޑިސެންބަރު މަހާއި ޖެނުއަރީ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށެވެ. އެހެންވެ ދެ މަހުގެ މުސާރަ ނުލިބި ލަސްވާތީ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

އައްޑޫގެ އިތުރުން ފުވައްމުލަކުގައި ވެސް މަސައްްކަތް ކުރާ ވެސް ވަނީ މުސާރައިގެ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރަން ފަށާފަ އެވެ. އަދި މިކަމަށް ކުންފުނީގެ ވެރިން ޖަވާބުދާރީ ނުވާތީ މުވައްޒަފުން އަނެއްކާ ވެސް މަސައްކަތް ހުއްޓާލައި، ހަޅުތާލު ކުރަން ނިކުންނަން ތައްޔާރުވަމުން ދާ ކަމަށް ބައެއް މުވައްޒަފުން ބުންޏެވެ.

"މި މަސް ނިމެންދެން މަޑުކޮށްގެން މި ތިބެނީ. މަސް ނިމުނީމާ މުސާރަ އާ ގުޅޭ ގޮތުން މުވައްޒަފުން ހިތްހަމަޖެހޭ ގޮތަކަށް ކަންކަން ނުނިންމައިފި ނަމަ މުޒާހަރާ އަށް ނިކުންނާން،" މުވައްޒަފަކު ބުންޏެވެ.

އެމްވީކޭގެ ފަރާތުން ދިމާވާ މައްސަލަތައް އައްޑޫ ސިޓީ ކައުންސިލުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވެސް ހުށަހަޅާފަ އެވެ.