މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މަރަދޫގެ މައްޗަށް 3-0 ނަތީޖާއަކުން ކުރި ހޯދައި ހިތަދޫ ޓީމް މުބާރާތުގެ ފައިނަލާއި ގާތަށް ޖެހިލައިފިއެވެ.
މީދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗްގައި ހިތަދޫ ޓީމުން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 6 ވަނަ މިނިޓްގައި ޖަހާދިނީ މުޙައްމަދު އިންޝާލް (އިންޓޭ)އެވެ. ހިތަދޫ ޓީމްގެ ދެވަނަ ލަނޑު މެޗްގެ 22 ވަނަ މިނިޓްގައި މިރާހް މުހައްމަދު ޖަހާދިންއިރު 3 ވަނަ ލަނޑު މިރާހް ޖަހާދިނީ ފުރަތަމަ ހާފްގެ 37 ވަނަ މިނިޓްގައެވެ.
މިނަތީޖާއަށް ބަލާއިރު ހިތަދޫ ޓީމްވަނީ ކުޅުނު 3 މެޗްގެ ތެރެއިން 2 މެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެފައެވެ. ފޭދޫ ޓީމްވެސް ވަނީ ދެމެޗުން މޮޅުވެ އެއްމެޗުން ޑްރޯ ކޮށްފައިއެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ ފޭދޫ އާއި މަރަދޫފޭދޫ ޓީމެވެ. މެޗް ފަށާނީ ހަވީރު 3:45ގައި މީދޫ ފުޓްބޯޅަ ދަނޑުގައެވެ.