ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލުގައި ޔުވެންޓަސްއާއި ދެކޮޅަށް ނިކުންނަ ޓީމަކަށް އެތްލެޓިކޯ ބަލިކޮށް ރެއަލް މެޑްރިޑް ވެއްޖެއެވެ.
ރޭގައި ދެޓީމު ބައްދަލުކުރި ސެމީ ފައިނަލުގެ ދެވަނަ ލެގު 1-2 އިން އެތްލެޓިކޯ ކާމިޔާބުކުރި ނަމަވެސް ރެއަލް ވަނީ އެގްރިގޭޓުން 2-4 އިން މޮޅުވެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ.
މެޗުގެ 12 ވަނަ މިނެޓުގައި އެތްލެޓިކޯގެ ސައުލް ވަނީ ރެއަލް ކޮޅަށް ގޯލު ޖަހައި ލީޑު ނަގާފައެވެ. އޭނާގެ ލީޑު ފުޅާކޮށްފައިވަނީ 16 ވަނަ މިނެޓުގައި ގްރީޒްމަން ޖެހި ޕެނަލްޓީއަކުންނެވެ.
ނަމަވެސް ރެއަލްގެ އިސްކޯ ވަނީ 42 ވަނަ މިނެޓުގައި އެތްލެޓިކޯ ކޮޅަށް ގޯލު ޖަހައި ފަރަގު އިތުރު ކޮށްފައެވެ. މުހިއްމު އެވޭ ގޯލެއްވެސް ލިބުމާއެކު ރެއަލްއަށް ވަނީ އިތުރު ހިތްވަރެއް ލިބި އެތްލެޓިކޯއަށް އިތުރު ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާފައެވެ.
މިސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅޭނީ ޖޫން 3 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:45 ގައެވެ. މިމެޗު މިފަހަރު ކުޅުމަށް ހަމަޖެހިފައިވަނީ ވޭލްސްގެ ގައުމީ ދަނޑުގައެވެ.