ރާއްޖެ ތަރައްގީ ކުރުމަށް އެމްޑީޕީ ކައުންސިލަރުންގެ އެއްބާރުލުން ބޭނުން ނުވާ ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ ޖަގަހަގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރާނީ އެމްޑީޕީގެ އަތުގައި ކައުންސިލްތައް ބާއްވައިގެން ކަަމަށެވެ.
މީގެ ކުރިން ވެސް ރާއްޖެއަށް ތަރައްގީ ގެނައީ އެމްޑީޕީ އަތުގައި ކައުންސިލްތައް ބާއްވައިގެން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ތަރައްގީ ގެންނާނީ ކައުންސިލްތައް އެމްޑީޕީ އަތުގައި ބާއްވައިގެން ކަމަށް މައުރޫފް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކަށް ދައްޗެއް ނޫން އެބޭފުޅުންގެ(އެމްޑީޕީގެ) ކައުންސިލަރުން ބޯވަ ނަގަން ދުރުވޭ. މައްސަލައެއް ނެތް ވަޑައިގަންނަވާ. އަޅުގަނޑުމެން ބޭނުމެއް ނޫން އެމްޑީޕީގެ ކައުންސިލަރުންގެ އެއްބާރުލުމެއް މި ސަރުކާރަކަށް،" މައުރޫފް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ،ރައީސް ޔާމީން ވަރުގެ ކުޅަދާނަ ވެރިިއެއް ގައުމެއް ތަރައްގީ ކުރަން ނެތް ކަމަށާއި އެކަން ރާއްޖޭގެ ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ކަރަންޓާއި ފެންބިލުގެ އިތުރުން އެހެނިހެން ބިލުތައް ވެސް ކުޑަވެ، 2018 ވަނަ އަހަރު ރައްޔިތުންނަށް ރައީސް ޔާމީން ހިނިތުންވުން ގެނެސްދެއްވާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.