Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ޕީޕީއެމް ކެންޑިޑޭޓަށް މީދޫން އެންމެ 15 ވޯޓް!

ރިޔާސީ އިންތިޚާބުގައި އައްޑޫ އިން މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް މެޖޯރިޓީ ވޯޓް ލިބުނު ހަމައެކަނި ރަށަކީ މީދު އެވެ.

މީދޫގެ ރައްޔިތުންނަށް ތަރައްގީ ގެނެސްދެއްވާނެ ކަމުގެ ހުވަފެންތަކެއް ޕީޕީއެމް އިސްވެރިން ދެއްކެވުމުން، މީދޫގެ ގިނަ ބަޔަކު ރައީސް ޔާމީނަށް ވޯޓު ދިނެވެ.

އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރަށް 4 އަހަރު ވެގެން ދާއިރު މީދޫގެ ރައްޔިތުންނަށް ލިބުނު ކުރިއެރުމެއް ނެތެވެ.

ސަރުކާރުން މީދޫގެ ރައްޔިތުންނާ މެދު އިހުމާލުވެފައިވާތީ، އެ ރަށުގެ ރައްޔިތުންގެ ޝުޢޫރު ރައީސް އަބްދުﷲ ޔާމީން އަށް ކައުންސިލް އިންތިހާބުގައި އެރަށުގެ ރައްޔިތުން މިވަނީ ވަރަށް ރަނގަޅަށް ދައްކުވައިދީފައެވެ. މީދޫ ރައްޔިތުން ރައީސް ޔާމީނަށް ޖަވާބު ދިނީ ވޯޓުންނެވެ.

ޕީޕީއެމް ޓިކެޓްގައި މީދޫ ދާއިރާގެ ކައުންސިލަރ ކަމަށް ވާދަކުރި އާދަމް ޝަމްޢޫން އިސްމާޢީލަށް މީދޫ އިން 15 ވޯޓު ލިބުނު އިރު، މީދޫގައި ހުރި 3 ވޯޓް ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު ބާތިލު ވޯޓުގެ އަދަދު ވެސް 33 އަށް އަރައެވެ.

ސަރުކާރުން މީދޫގެ ރައްޔިތުންނާއި މެދު އިހުމާލުވެފައިވާތީ، އެ ރަށުގެ ރައްޔިތުންގެ ޝުޢޫރު ރައީސް އަބްދުﷲ ޔާމީން އަށް ކައުންސިލް އިންތިހާބުގައި އެރަށުގެ ރައްޔިތުން މިވަނީ ވަރަށް ރަނގަޅަށް ދައްކުވައިދީފައެވެ. މީދޫ ރައްޔިތުން ރައީސް ޔާމީނަށް ޖަވާބު ދިނީ ވޯޓުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މީދޫ ދާއިރާގެ ކައުންސިލަރ ކަމަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އާދަމް ޝަމްޢޫން އިސްމާޢީލަށް މީދޫ އިން ލިބުނީ އެންމެ 15 ވޯޓެވެ. (މިއީ މީދޫގައި ބަހައްޓާފައި ހުރި 3 ވޯޓު ފޮށީގެ ނަތީޖާ އެވެ.)

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މީދޫގައި ހުރި 3 ވޯޓު ފޮއްޓަށް 1092 މީހަކު ވަނީ ވޯޓުލާފައެވެ. މީދޫ ދާއިރާގައި ހިމެނެނީ މީދޫ އަދި މަރަދޫފޭދު އެވެ.

މީދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމް ކެންޑިޑޭޓަށް ލިބިފައިވަނީ، 203 ވޯޓެވެ. މީދޫ ދާއިރާގެ ކައުންސިލަރ ކަމަށް އިންތިހާބުވި ހުސައިން ހިޔާޒް އަށް 855 ވޯޓު ލިބިފައިވާއިރު އެ ދާއިރާ އަށް ވާދަކުރި މިނިވަން ކެންޑިޑޭޓަށް 710 ވޯޓު ލިބިފައިވެއެވެ.

ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރޭ އިރު، މީދު އަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ މުހިއްމު ކަންތައްތަކަކީ މީދޫ އޮފީހުގައި ކުރަމުންދިޔަ ބައެއް މަސައްކަތްތައް ހުޅުދޫގައި އުފެއްދި އޮފީހަކަށް ބަދަލު ކުރުމެވެ.

އޭގެ ތެރޭގައި މީދޫ ބިމުން ގޯތިދިނުމުގެ ކަންތައްތަކާއި މީދޫގެ ގޯތިތަކުގެ ރަޖިސްޓްރީގެ ކަންތައްތަކާއި އަދި މީދޫ އޮފީހުގައި ކުރަމުންދިޔަ ޓްރާންސްޕޯޓް ސެކްޝަންގެ މަސައްކަތްތަކާއި އަދިވެސް އެހެނިހެން ބައެއް މަސައްކަތްތައް ހުުޅުދޫގައި އުފެއްދި އޮފީހަށް ބަދަލުކުރުމެވެ.

ހުޅުދޫ ދެތިން މަގެއް ގާ އަތުރައިގެން ހަދާ ނިމުނުއިރު މީދޫގެ އެއްވެސް މަގެއްގެއް މަސައްކަތެއް ނުފެށެއެވެ.

މީދޫ ދާއިރާގެ ކައުންސިލަރ ކަމަށް ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އާދަމް ޝަމްޢޫން އިސްމާޢީލް.

މީދޫގެ މަގެއްގެ މަސައްކަތެއް ނުކުރެވޭތާގައި ހުޅުދޫގައި މިހާރު ހަދަމުންދާ މަގަކީ (ހުޅުދޫ އައްސޭރިވިލާގެ ދެކުނުން އޮތް މަގު) ލިޔެކިއުމުން މީދޫގެ މަގެއް ކަމަށް ނިންމައި އެމަގު ހަދަމުން ދަނީ މީދޫގެ މަގެއްގެ ގޮތުގައެވެ.

މިފަދަ އެތައް ކަމަކާއި ހިތްހަމަނުޖެހިފަތި ތިބި މީދޫގެ ރައްޔިތުން މިވަނީ ސަރުކާރަށް އެމީހުންގެ އަޑު އިއްވައިދީފަ އެވެ. މީދޫ ރައްޔިތުންގެ އަޑު ސަރުކާރުން އަހާނެ ކަމެއް ނުވަތަ ނޫންކަމެއް ނޭނގެ އެވެ.