މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވެރިޔަކު، ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ބަލަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި ބަލަމުންދަނީ އެމްޕީއެލްގެ މެރިން ކްރާފްޓް ބައިގެ އިސްވެރިޔެއްގެ މައްސަލައެކެވެ. އަދި އޭނާ ވަނީ އިއްޔެ ހެނުދުން ފެށިގެން ވަކިގޮތެއް އަންގަންދެން މަގާމުން ސަސްޕެންޑްކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަނީ އެމްޕީއެލްގެ އެހެން އަންހެން މުވައްޒިފުންނަށްވެސް ޖިންސީ ގޯނާ ކޮށްފައެވެ. އަދި އެކަން އެނގިފައިވަނީ މިމައްސަލަ ބަލަން ފެށުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ނަމަވެސް އެމްޕީއެލްގެ ފަރާތުން މިކަމާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެމްޕީއެލްއިން ބުނެފައިވަނީ އެފަދަ މައްސަލައެއް ހުށައެޅިއްޖެނަމަ އެމައްސަލަ ބަލާނެ ކަމަށެވެ.