Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ތިނަދޫ ހޮސްޕިޓަލްގައި ޓީވީއެމް ނޫން ޗެނެލެއް ބެލުން މަނާ!

ގދ ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ދައުލަތުގެ މީޑީއާ ޓީވީއެމް ނޫން ޗެނެލެއް ބެލުން މަނާކޮށްފި އެވެ.

ހޮސްޕިޓަލުން މިއަދު ނެރުނު މެމޯއެއްގައި ބުނެފައި ވަނީ ހޮސްޕިޓަލްގެ އެކި ދިމަދިމާލުގައި ބަހައްޓާފައިވާ ޓީވީތަކުން ދިވެހި ރާއްޖޭގެ ގައުމީ ޓީވީ (ޓީވީއެމް) ނޫން އިތުރު އެއްވެސް ދިވެހި ޗެނެލެއް ބެލުމަކީ މަނާ ކަމެއް ކަމަށް ހުރިހާ މުވައްޒަފުންނަށް ވަނީ އަންގައިފަ އެވެ.

ތިނަދޫ ހޮސްޕިޓަލުން މިފަދަ މެމޯއެއް ނެރުނު އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓީވީއެމް ބަލާ ރައްޔިތުން މިހާރު ދަނީ ދަށްވަމުންނެވެ.

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބްގެ ނަތީޖާވެސް ދައުލަތުގެ ޓީވީ (ޓީވީއެމް) އަށް ބަރާބަރަށް ގެނެސްދެވިފައި ނުވާތީ އެޗެނަލްގެ މަގޫބްލަކަން ދަނީ ކުޑަވަމުންނެވެ.

ތިނަދޫ ހޮސްޕިޓަލްގެ އިތުރުންވެސް ބައެއް ސަރުކާރުގެ ކުންފުނިތަކާއި އޮފީސް ތަކުގައި ޓީވީއެމް ނޫން ޗެނެލްއެއް ދެއްކުން ވަނީ މަނާކޮށްފައެވެ.