Last Updated: July 27, 17:18
Monday, July 27, 2026
ސިޔާސީ

ޓްރާންސްޕޯޓްގެ ނައިބަކަށް މަހުދީ

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނކޭޝަންގެ ނައިބު ކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް ޢައްޔަން ކުރެއްވީ، މާފަންނު ލަކްސްލޮޖް މަހުދީ ޢިމާދެވެ. އޭނާ މީގެ ކުރިން ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ މަގާމުގަ އެވެ. އޭނާ މި ޓްރާންސްޕޯޓްގެ ނައިބެއްގެ މަގާމަށް ހަމަޖައްްސާފައި މި ވަނީ އެމްޕީއެލްގެ އިސްވެރިންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގަ އެވެ.