Last Updated: June 23, 06:01
Tuesday, June 23, 2026
ޚަބަރު

ޔަގީން ކުރަން ކަމަށް ބުނެ 24 ދާއިރާއެއްގެ ވޯޓް އަލުން ގުނަނީ

ވޯޓު ނަތީޖާ ޔަގީން ކުރުމަށް ކަމަށް ބުނެ 24 ދާއިރާއެއްގެ ވޯޓު އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ވޯޓުގައި މައްސަލަ ޖެހި ނަތީޖާ އޮޅޭ ގޮތް ވެފައިވާ 24 ވޯޓު ޝީޓު އެބައުޅޭ ކަމަށާއި ޔަގީން ކުރުމަށް ވޯޓު ފޮށި ކަނޑައި ވޯޓު ގުނުމުގެ މަސައްކަތް މިއަދު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އަލުން ގުނާއިރުގައިވެސް ގުނާނީ ދާއިރާތަކަށް ވާދަކުރި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއިންނެވެ.