Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

އޭދަފުށީ ފެނަކަ މެނޭޖަރު ކޮނޑޭ އަށް ބަދަލުކޮށްފި

އޭދަފުށީ އިންޖީނުގޭގެ މެނޭޖަ އަންވަރު، ފޮޓޯ: އީޓީ

ބ. އޭދަފުށީ ފެނަކަ އިންޖީނުގޭގެ މެނޭޖަރު އަހްމަދު އަންވަރު ކުއްލި ގޮތަކަށް ގއ. ކޮނޑޭ އިންޖީނުގެއަށް ބަދަލުކޮށްފިއެވެ. ވަޒީފާ ބަދަލުކޮށްފި އެވެ.

އަންވަރު ކުއްލި ގޮތަކަށް ކޮނޑޭ އިންޖީނުގެއަށް ބަދަލުކުރި ސަބަބު އަންގާފައެއް ނުވެ އެވެ.

ނަމަވެސް މިއީ، ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ފެނަކައިން ގެނެސްފައިވާ ބަދަލެއްކަމަށް މައުލޫމާތު ލިބެއެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އޭދަފުށީ ކައުންސިލުގެ ފަސް ގޮނޑީގެ ތެރެއިން ޕީޕީއެމަށް ކާމިޔާބު ކުރެވުނީ ތިން ގޮނޑި އެވެ. އަދި އަތޮޅު ކައުންސިލުގެ ގޮނޑިއެއް ޕީޕީއެމްއަކަށް ނުލިބެއެވެ.

ކައުންސިލްގެ އިންތިހާބަށްފަހު ފެނަކަ ކޯޕަރޭޝަނުން އަތޮޅު ތަކުގައި ހިންގަމުން އަންނަ އިންޖީނުގެތަކުގެ ވެރިން ދަނީ އެކި ސަރަހައްދުތަކަށް ބަދަލު ކުރަމުންނެވެ. އެގޮތުން ހުޅުމީދޫ އިންޖީނުގޭގެ އޮފިސަރަކަށް ހުރި ޝާފީ ވަނީ ށ. މަރޮށީ އިންޖީނު ގެއަށް ބަދަލުކޮށްފައެވެ.

އަދި ތިމަރަފުށީ އިންޖީނުގޭގެ ޑެޕިއުޓީ މެނޭޖަރ ވަނީ ހއ. ބާރަށް ބަދަލުކޮށްފައެވެ.