Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ހިސްޓޯ އެޗްއާރްސީއެމްގެ ނައިބްކަމުން އިސްތިއުފާ ދެއްވައިފި

ހިއުމަން ރައިޓްސް ކަމިޝަންގެ ނައިބް ރައީސްކަން ކަން ކުރައްވަމުން ގެންދެވި ޝިފާގު މުފީދު (ހިސްޓޯ) މިއަދު އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ހިސްޓޯ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ހިސްޓޯވަނީ އިސްތިއުފާ ދެއްވިކަން މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު މެދު ދާއިރާ ތަމްސީލް ކުރެއްވި ހިސްޓޯ އެމްޑީޕީ ދޫކޮށް ޕީޕީއެމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ މެއި 5، 2012 ގަ އެވެ.

ޕީޕީއެމުން ވަކިވެވަޑައިގެން ޖޭޕީއަށް ސޮއި ކުރެއްވީ ޖުލައި 28، 2013 ގަ އެވެ. އޭގެ ފަހުން އަނެއްކާވެސް ހިސްޓޯ ވަނީ ޕީޕީއެމްއަށް ދެވަނަ ފަހަރަށް ސޮއިކޮށްފައެވެ.