Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އިމާމުވެ ތަރާވީސްކޮށް ދޭން ހުޅުވާލި މުއްދަތު އިތުރުކޮށްފި

ކުރިއަށް އޮތް ރޯދަ މަހު މާލެ އާއި ރަށްރަށުގެ މިސްކިތްތަކުގައި ޙިފުޡުކޮށް އިމާމުވެ ތަރާވިޙް ނަމާދު ކުރާނެ ޙާފިޡުން ހޯދުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ލިޔެކިޔުންތައް މިހާރު ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 17 ވަނަ ދުވަސް ކަމަށެވެ.

އެހެންވެ ޝަޢުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އިސްލާމިކް މިނިސްޓްރީ އަށް ފޯމް ހުށަހެެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ހިފުޡުކޮށް ތަރާވިހު ނަމާދު ކުރުމަށް ޙާފިޡުން ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި އުސޫލު އިސްލާމިކް މިނިސްޓްރީ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.