Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ޔޫރޮޕާ ލީގުގެ ފައިނަލަށް އަޔެކްސް އާއި ޔުނައިޓެޑް

ޔުރޮޕާ ލީގުގެ ފައިނަލުން އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި ނެދަލެންޑްސްގެ އަޔަކްސް އެމްސަޓަޑަމް އިން ޖާގަ ހޯދައިފި އެވެ.

އަޔެކްސް އިން ފައިނަލުގެ ޖާގަ އެއް ހޯދާފައި ވަނީ، ފްރާންސްގެ އޮލިމްޕިކް ލިއޯންގެ މައްޗަށް ދެ ލެގުގެ އެގްރިގޭޓުން 5-4 އިން ކުރި ހޯދައިގެންނެވެ.

ރޭ ކުޅުނު ސެމީގެ 2 ވަނަ ލެގުން އަޔެކްސް ބަލިވީ 3-1 އިންނެވެ. ނަމަވެސް އަޔެކްސްގެ އަމިއްލަ ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ ލެގު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-1 އިންނެވެ.

މެންޗަސްޓާރ ޔުނައިޓެޑުން ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ސްޕެއިނުގެ ސެލްޓާ ވީގޯއާ 1-1 އިން އެއްވަރުވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 2-1 އިން ކުރި ހޯދައިގެންނެވެ.

ސެލްޓާވީގޯއާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ޔުނައިޓެޑް ކާމިޔާބުކުރީ 1-0 އިންނެވެ.

މެންޗަސްޓަރ ޔުނައިޓެޑަށް މިހާތަނަށް ޔޫރޮޕާ ލީގު ކާމިޔާބު ކުރެވިފައެއްނުވެއެވެ. އެ ޓީމުން މިފަހަރުގެ މުބާރާތް ކާމިޔާބުކޮށްފިނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ 6 ވަނައިގައި އޮތް ޔުނައިޓެޑަށް ލީގުގެ ގަދަ ހަތަރަކަށް އެރުމަށް އޮތީ ހަނި ފުރުސަތެކެވެ.

ޔޫރޮޕާ ލީގުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެރޭ ސްވިޑަންގެ ސްޓޮހޯމްގަ އެވެ.