ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އާއި އަކްޝޭ ކުމާރްގެ ހަރީ އޯމް ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ފިލްމްގެ ނަމަކަށް "ގުޓްކާ" ހަމަޖައްސައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ނަން މީގެ ކުރިން "ފެޝަން" އާއި "ހިރޮއިން" ގެ ހަދާފައިވާ ޑައިރެކްޓަރު މަދުރްބަންދާކަރު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
އެހެން ނަމަވެސް ކަރަން އެދުމުން މަދުރު ވަނީ ޓައިޓްލް ކަރަން އަށް ދޫކޮށްލާފަ އެވެ. ފިލްމަށް އަކްޝޭގެ އިތުރުން ހަމަޖެހުނު ކާސްޓުންނެއް އަދި ހާމައެއް ނުކުރެ އެވެ.
"ގުޓްކާ" ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ "އައި ހޭޓް ލަވް ސްޓޯރީޒް" އަށް ފަހު "ގޯރީ ތެރޭ ޕިޔާރު" މޭ ޑައިރެކްޓް ކުރަން ތައްޔާރުވަމުން އަންނަ ޒުވާން ޑައިރެކްޓަރު ޕުނިތު މަލްއުތުރާ އެވެ.
ފިލްމްގެ މަސައްކަތް ފަށަން ހަމަޖެހިފައި ވަނީ އިމްރާން ހާނާއި ކަރީނާ ކަޕޫރު ލީޑް ރޯލް ކުޅޭ "ގޯރީ ތެރޭ ޕިޔާރު މޭ" ގެ މަސައްކަތް ނިމުމުންނެވެ.
"ގްޓުކާ" އަކީ އަކްޝޭ އާއި ކަރަން ގުޅިގެން އުފައްދާ ފުރަތަމަ ފިލްމެވެ.
އެހެން ނަމަވެސް އެ ދެ މީހުންގެ ޕްރޮޑަކްޝަން ހައުސްތަކުން މީގެ ކުރިން ވަނީ އެހެން ކުންފުނިތަކާ ގުޅިގެން ފިލްމް ހަދާފަ އެވެ. އަދި މިހާރު ވެސް ޖޮއިންޓް ޕްރޮޑަކްޝަންތަކެއް ކުރިއަށް އެބަ ދެ އެވެ.