Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ނަޝީދު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި އިދިކޮޅު އިއްތިހާދުގެ ބައެއް މެމްބަރުންނާއި ބައްދަލުކުރެއްވުމަށްފަހު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ފަރުވާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައި ނަޝީދު ވަނީ އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ.

ނަމަވެސް ދޭތެރެ ދޭތެރެއިން ސްރީ ލަންކާއަށް ވަޑައިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުންނާއިި ބައްދަލުކުރައްވައެވެ.

ނަޝީދު ވަނީ މީގެކުރިން ލަންކާއަށް ވަޑައިގެންނެވި ފަހަރުތަކުގައި ވަރަށް އަވަހަށް ރާއްޖެ އެނބުރި ވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ. ރާއްޖެ ވަޑައިގެން އެނބުރި ޖަލަށް ދާން ޖެހުނަސް ރާއްޖެ އެނބުރި އަންނާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރާއްޖެއާއި ދިމާލަށް މިސްރާބު އަމާޒުނުކޮށް މިފަހަރުވެސް ރައީސް ނަޝީދު ވަނީ އެނބުރި އިންލެންޑަށް ވަޑައިގެންފައެވެ.