Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

އިދިކޮޅު މީހުން ސައިބޮނިކޮށް، ސައި މޭޒު ގެންގޮސްފި

އެމްޑީޕީގެ ހަރަކާތެއް ހުއްޓުވައި ބަހައްޓާފައިހުރި ސައި މޭޒެއް ފުލުހުން ގެންދަނީ: ފޮޓޯ: މިހާރު

ސަރުކާރާއި ދެކޮޅަށް އުފެދިފައިވާ ގުޅިފައިވާ އިއްތިހާދުން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިއަދު ހަވީރު މާލޭގައި ބޭއްވި ސަޔަށް ހުރަސްއަޅައިފި އެވެ.

މިއަދު މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އިދިކޮޅު އެމްޑީޕީގެ ހަރުގެ ކުރިމަތީގައި އެޕާޓީއާއި ގުޅިފައިވާ އިއްތިހާދުން ސައި ތައްޔާރުކޮށް ސައި ބުއިމާއިގެ މަޝްޣޫލު ވަމުން ދަނިކޮށް ފުލުހުން ވަނީ އެތާ ހުރި މޭޒެއް ގެންގޮސްފައެވެ.

މޭޒު ގެންގޮސްފައިވަނީ މަގު މައްޗާއި ދިމާލަށް ވާގޮތަށް ހުރުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެއްވެފައި ތިބި މީހުން ވަނީ ސައި ކުރިއަށް ގެންގޮސްފައެވެ.

އިދިކޮޅު އެމްޑީޕީ އިން ބާއްވާ މިފަދަ ބައެއް ހަރަކާތްތަކަށް ފުލުހުން ހުރަސްއަޅާ ކަމަށް އެޕާޓީއިން ވަނީ މީގެ ކުރިން ބުނެފައެވެ. ނަމަވެސް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން ބާއްވާ ސިޔާސީ ހަރަކާތްތަކަށް އެއްވެސް ކަހަލަ ހުރަހެއް ކުރިމަތިނުވާ ކަން ފާހަގަކޮށްލެވެއެވެ.