Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

އަލުން ޗެކްކޮށްގެން ވެސް ނަތީޖާ އަށް ބަދަލެއް ނައި

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލީ 24 ފޮއްޓެއްގެ ވޯޓު އަލުން ގުނައި ނަތީޖާ ޔަގީން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބެލި ބެލުމުން ނަތީޖާ އަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިއްޔެއިން ފެށިގެން 24 ފޮއްޓެއްގެ ވޯޓު އަލުން ގުނުމަށް އީސީ އިން ނިންމީ ވޯޓު ލީއިރު މައްސަލަތަކެއް ދިމާވި ފޮށިތަކުގެ ނަތީޖާ ޔަގީން ކުރުމަށެވެ.

އަލުން ގުނާ ފޮށިތަކުގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ ފޮށްޓަކާއި މާފުށީ ޖަލުގެ ފޮށްޓެއް އަދި ފުވައްމުލަކު މެދު ދާއިރާގެ ފޮށްޓެއް ހިމެނެއެވެ. އެއްވެސް ފޮށްޓެއް އަލުން ގުނުމަށް ކަނޑާއިރު ދާއިރާތަކަށް ކުރިމަތިލީ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ނެތި ކަނޑާފައި ނުވާ ކަމަށް އީސީ އިން މައުލޫމާތު ދީފައިވެއެވެ.

މިހާތަނަށް ގުނާފައިވާ ވޯޓު ނަތީޖާތައް ދައްކާގޮތުން އިދިކޮޅު އެމްޑީޕީއިން ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ނަގާފައެވެ.